ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ޓެގު އެޅުވުމަށްފަހު ޝަރުތުތަކާ އެކު ދޫކުރަން ފަށައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކާ ދައުލަތުގެ އިދާރާތަކުން ގުޅިގެން ކުރަންފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދު ފަށާފައިވާ ކަމަށެވެ.

އިލެކްޓްރޯނިކް މޮނިޓަރިންގ ސިސްޓަމަކީ، އެފަދަ ފަރާތްތަކުގެ ފައިގައި އަޅުވާ ޓެގެވެ.

ރައީސް ވިދާޅުވީ، މިއަދު މިފެށުނު މަސައްކަތުގެ ތެރެއިން ޒަމާންވީ އެ މައްސަލައަށް ހައްލުތަކެއް ލިބި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ބަންދަށް ލުއިތަކެއް ދެވިގެން ދާނެކަމަށެވެ.

ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރަން ފަށާފައި މިވަނީ، ވާނުވާ ބަންދުގައި ގިނަ އަދަދެއްގެ ބަޔަކު ތިބެން ޖެހިފައިވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ރައީސަށް ހިއްސާ ކުރުމުން، އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިތާ މާ ގިނަ ދުވަހެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން