ހަތަރު ރަށެއްގެ ސިއްހީ ހިދުމަތް ދޭ އާ އިމަރާތްތައް އަޅަން އާރުޑީސީއާ ހަވާލުކުރުން
ހަތަރު ރަށެއްގެ ސިއްހީ ހިދުމަތް ދޭ އާ އިމަރާތްތައް އަޅަން އާރުޑީސީއާ ހަވާލުކުރުން
18 ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އާ އިމާރަތް އަޅަން ހަވާލުކޮށްފި އެވެ.

ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތްތައް ހަވާލުކުރީ ފެނަކަ, އާރުޑީސީ އަދި އެމްޓީސީސީއާ އެވެ.

އާރުޑީސީއާ ހަވާލުކުރީ ގއ. ދާންދޫ, މ. މުލައް, ހއ. ފިއްލަދޫގެ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމަށެވެ. އަދި ރ. މީދޫގައި އަޅާ އާ ހޮސްޕިޓަލު އިމާރާތްކުރަން ވެސް އާރުޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

އެމްޓީސީސީއާ ހަވާލުކުރީ ހއ. އުލިގަމު, ހދ. ކުމުންދޫ, ރ. އިންނަމާދު, އދ. އޮމަދޫ އަދި ދ. ހުޅުދެލީގެ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމަށެވެ.

ފެނަކައާއި ހަވާލުކުރީ ހއ. މުރައިދޫ, ހއ. ތަކަންދޫ, ހއ. މޮޅަދޫ, ހދ. ނޭކުރަންދޫ, ރ. ކިނޮޅޮސް, ރ. ފައިނު, ރ. ރަސްމާދޫ, ރ. މަޑުއްވަރި އަދި ދ. ރިނބިދޫގައި އަޅާ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން