މީޑިއާ ފެންޑާ ހުޅުވުން
މީޑިއާ ފެންޑާ ހުޅުވުން
ރައީސް އޮފީހާއި ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ މައުލޫމާތު މީޑިއާތަކުން ރަސްމީ ގަޑީގައި ހޯދަން ފަސޭހަކޮށްދިނުމުގެ ގޮތުން ތަރައްގީކުރި "މީޑިއާ ފެންޑާ" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.

ރައީސް އޮފީހަށް ވަދެނުކުމެވާ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި ތަރައްގީ ކުރި "މީޑިއާ ފެންޑާ" ރައީސް މުއިއްޒު ހުޅުވައިދެއްވީ މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެެއްގަ އެވެ.

މީޑިއާ ފެންޑާ ބަލަހައްޓާނީ، ރައީސް އޮފީހުންނެވެ. އަދި ސަރުކާރުގެ ރަސްމީ މަސައްކަތު ކޮންމެ ދުވަހަކު މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ރަސްމީ މަސައްކަތު ދުވަހަކަށް ނުވިނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރާ ނޫސްވެރީން ބޭނުންވާ ހާލަތްތަކުގައި، 24 ގަޑިއިރުވެސް މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"މީޑިއާ ފެންޑާ ބޭނުންކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި، ވަސީލަތްތަކުގެ ދަފުތަރުގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ގަވާއިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާތަކަށެވެ. އަދި އެ މީޑިއާތަކަށްވެސް މީޑިއާ ފެންޑާ ބޭނުން ކުރެވޭނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާއްސަ ހުއްދައެއްގެ ގޮތުގައި ދޭ ފާހަކާ އެކުގައެވެ."ރައީސް އޮފީހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން