ނަންބަރު އައިނު އަޅަންޖެހިފައިވާ މީހުން އައިނު ހެއްދުމަށް ކުރާ ހަރަދުގެ ތެރެއަށް އާސަންދައިން 2000 ރުފިޔާ ދޭން ނިންމާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުރިއަށްގެންދިޔަ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އައިނު ހައްދަން ޖެހޭ ފަރާތްތަކަށް އާސަންދައިން 2000 ރުފިޔާ ދޭން ނިންމަވާފައިވާ ކަމަށާއި ކުރިއަށް އޮތް ޖޫން މަހުން ފެށިގެން އެގޮތަށް ފައިސާގެ އެހީ ލިބެމުން ދާނެކަމަށެވެ.
އަދި އެކަމަށްޓަކައި ހަދަންޖެހޭ ހުރިހާ ހިސާބެއް ނިންމައި މިއަދުވާނީ ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ވެސް ފޮނުއްވާފައިކަމަށް ރައީސް ވިދާޅުވިއެވެ.
ނަންބަރު އައިނު ހެދުމަށް ލެންސް ހިމެނޭހެން މިހާރު ގާތްގަނޑަކަށް 4000 އާއި 6000 ރުފިޔާ އާއި ދެމެދުގެ އަދަދެއް ހަރަދު ކުރަންޖެހެއެވެ.
މިހާރު އޮތްގޮތުން ސަރުކާރުން އައިނު ހެއްދުމަށް އާސަންދަ މެދުވެރިކޮށް ދެނީ 1000 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު