އެންމެ ހެޔޮ ދުއާއަކީ އަރަފާތު ދުވަހު ކުރާ ދުއާކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.
އަރަފާތު ދުވަހުގެ މާތްކަމަށް އަލިއަޅުވާލައި މިއަދު އިއްވި ހުތުބާގައި ބުނީ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ހައްޖު ދުވަސް ހިމެނޭ ކަމަށެވެ.
އެހެންވެ އަރަފާތު ދުވަހު ޒިކުރުކޮށް ދުއާކުރުން ގިނަކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވެސް މިއަދުގެ ހުތުބާގައި ބުންޏެވެ. އެގޮތުން އެންމެ ހެޔޮ ދުއާއަކީ އަރަފާތު ދުވަހު ކުރާ ދުއާކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އަރަފާތު ދުވަހު އަރަފާތުގެ ބިމަށް ޖަމާވާ ހައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތް الله ފުއްސަވައިދެއްވާކަން ފާހަގަކޮށް ހުތުބާގައި ބުނީ އަރަފާތު ދުވަހަކީ ފާފަފުއްސެވުމާއި، އަފޫކުރެއްވުމުގެވެސް ދުވަހެއް ކަމަށެވެ.
ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް އަރަފާތު ދުވަހުގެ ސަވާބުން މަހުރޫމު ނުކުރާކަން ވެސް ހުތުބާގައި ފާހަގަކުރި އެވެ.
"ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެން ވެއެވެ. އަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި ރަސޫލާގެ ހަދީސުން ސާބިތުވެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު