ދީނާ ފުށުނާރާ ގޮތަށް އީދުގައި އުފާފާޅުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މިއަދު ރައީސް އޮފީހުން ގެނެސްދިން "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އީދުގެ އުފާފާޅުކުރުމުގެ ކަންކަން ކުރިއަށް ގެންދާއިރު އިސްލާމް ދީނާ ފުށުއަރާކަންކަން ހިނގަމުންދާތީ އެކަމަ ގުޅޭ ގޮތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެފަދަ ކަންކަމުން ދުރުވާން ޖެހޭ ކަމަށެވެ.
އެހެން ނަމަަވެސް އުފާފާޅުކުރުމަކީ ވެސް އިސްލާމް ދީނުގައި އޮތްކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި އުފަލާއެކު އާއިލާއާ ރަހުމަތްތެރިންނާއެކު ދެ އީދު ހޭދަކުރަން ރައީސް ގޮވާލެއްވި އެވެ.
"މުސްލިމުންގެ ތެރޭގައި އޮންނަނީ ދެ އީދު. ދެ އީދަށް ވުރެ އުފާފާޅުކުރުން ބޮޑުވެގެން ދާން ޖެހޭ ކަމެއް އައިސްގެން ނުވާނެ އަހަރު ތެރޭގައި" ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު