ސްކައުޓުން ރާއްޖޭގައި ދައްކައިދީފައިވަނީ ތައުރީފް ހައްގު ނަމުނާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސްކައުޓް ހަރަކާތުގެ އެހާރާއި މިހާރުގެ ހިދުމަތްތެރީންނަށް ތަހުނިޔާ ފޮނުއްވައިފަ އެވެ.
އެ ޕޯސްޓުގައި ރައީސް އިތުރަށް ވިދާޅުވީ ގައުމަށް ދިމާވި ކޮންމެ މުހިންމު ކަމެއްގައި ވެސް ސްކައުޓުން އަބަދުވެސް ތައްޔާރަށް ތިބޭ ކަމަށެވެ.
"އިޖުތިމާއީ އެހީތެރިކަމުގައި، އަދި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައިވަނީ ތާރީފު ހައްގު ނަމޫނާއެއް." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން ވަނީ ތިމާވެށި ރައްކާތެރިކޮށް އަދި ދެެމެހެއްޓެނިވި ތަރައްގީއާ ގުޅޭ ގިނަ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު