އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޢީދު ފާހަގަ ކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސް ކުރަށްވައިފިއެވެ.

ޑރ. ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ރޭ ވިދާޅުވެފައިވަނީ، ޢީދަކީ އިސްލާމީ މަތިވެރި ޝިޢާރެއް ކަމަށާއި، ޢީދު ފާހަގަ ކުރަންވާނީ އިސްލާމްދީނުގެ މިންތަކާ އެއްގޮތަށް ކަމަށެވެ.

އަދި އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބަޢަވުން ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

“އިސްލާމީ މުޖުތަމަޢުގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޢީދުގެ އުފާވެރިކަމާއި މަތިވެރިކަމާއި މާތްކަން ދެމެހެއްޓުމަށް މުސްލިމުން ސަމާލުކަން ދޭންވާނެ.” ޑރ. ޝަހީމް އިލްތިމާސް ކުރަށްވާފައިވެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ ޖޫން މަހުގެ 6 ވަނަ ދުވަސްކަމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

އޭގެއިތުރުން ރާއްޖޭގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އިސްލާމް ދީނާއި ބީރަށްޓެހި ކަންކަމުން ދުރުވުމަށް ދީނީ އިލްމުވެރިންވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން