މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުން ނިމުމަކަށް ގެނައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާއަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ، އެމަނިކުފާނަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަން ދިނުން ނިމުމަކަށް ގެނައުން ކަމަށެވެ.
އެގޮތުން އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށް، ރަނގަޅު ފެންވަރުގެ އައިނު އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އައިނު ވިޔަފާރި ފަށާނެކަން ރައީސް މިއަދު ވަނީ އިޢުލާނު ކުރަށްވާފައެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވީ، އައި.ޖީ.އެމް.އެޗާއި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމެވީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމަށް ކަމަށެވެ.
“އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ މިޤައުމުން ފިލުވާލަން. އެހެންވެގެން ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއިން ހުއްޓާލާފައި އެހެންކަމަކަށް ވަޑައިގަންނަވާށޭ ދެންނެވީ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ޞިއްޙަތު.” ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ނަންބަރު އައިނު ހެދުމަށް ލެންސް ހިމެނޭހެން މިހާރު ގާތްގަނޑަކަށް 4000 އާއި 6000 ރުފިޔާ އާއި ދެމެދުގެ އަދަދެއް ރައްޔިތުން ހަރަދު ކުރަންޖެހެއެވެ. އަދި މިހާރު އޮތްގޮތުން ސަރުކާރުން އައިނު ހެއްދުމަށް އާސަންދަ މެދުވެރިކޮށް ދެނީ 1000 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު