ދެމެފިރިންގެ ތެރެއިން އެކަކަށްވެސް ގޯތި ލިބިފައިވާނަމަ ފްލެޓު ނުލިބޭނެ ގޮތަށް ފްލެޓު ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުމުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފުލެޓާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ވަނީ ކުރިން އޮތް އުސޫލަށް ބަދަލު ގެނެސްފައެވެ. އެގޮތުން ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފުލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ކަމުގައި ހިމަނާފައިވެއެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ އެއީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ހުޅުވާލިއިރު ނެތް އުސޫލެއް ކަމަށެވެ. އަދި ޝަރުއީ މަރުހަލާއަކަށް ގޮސްފި ނަމަވެސް ސަރުކާރާ ދެކޮޅަށް ނިމުމުގެ ފުރުސަތު ބޮޑު ކަމަކަށް ދެކެވަޑައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"95 އިންސައްތަ ފުލެެޓް ލިބިފައިވަނީ މާލޭގައި ގިނަދުވަސްތަކެއްް ވަންދެން ދިރިއުޅުނު ރަށްރަށުގެ ފަރާތްތަކަށް ކަމަށްވެފައި، އަދި މާލޭގެ ރައްޔިތުންނަށް ލިބިފައިވަނީ ގޯތިކަމަށްވާހިނދު، އަވަސް ބޯހިޔާވަހި ކަމަކަށް ބޭނުންވެފައިވާ މީހުންނަށް މި ޖެހުނީ މި އުސޫލުގެ ސަބަބުން ވަރަށް ދެރަ ގޮތެއްކަމުގައި ދަންނަވަން." ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ މި އުސޫލުގެ ސަބަބުން މާލޭގެ ވަރަށް ގިނަ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގިނަ ބައެއްގެ ޝަކުވާތައް ލިބެމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ހައުސިން މިނިސްޓްރީން އެންމެ ފަހުން އިއުލާން ކޮށްފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރާނީ ކުރީ ސަރުކާރުން އިއުލާން ކުރި ފައިނަލް ލިސްޓުގައި ތިބި ފަރާތްތަކަށް ކަމަށެވެ.
ނަމަވެސް އެލިސްޓުގައި ޝަރުތު ހަމަނުވާ ފަރާތްތައް ހިމެނޭނަމަ އެފަރާތްތައް އުނިކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މާފާއެކު @MoCImv ގެ މިނިސްޓަރ އަށްދަންނަވަން (ށ ) ގައި ބަޔާންކޮށްފައިވާ އުސޫލަކީ ، ބިންވެރިޔާ އަދި ގެދޮރުވެެރިޔާ ސްކީމަށް ހުޅުވާލިއިރު ނެތް އުސޫލެއް ކަމަށް ވެފައި، އަދި ޝަރުޢީ މަރުހަލާއަކަށް ގޮސްފި ނަމަވެސް ސަރުކާރާ ދެކޮޅަށް ނިމުމުގެ ފުރުޞަތު ބޮޑު ކަމަކަށް ދެކޭތީ، އަދި މާލޭގެ… https://t.co/hN3rHjqQPu
— Xamyr (@AhmedXamyr) May 30, 2025
ހައުސިން މިނިސްޓްރީން އެންމެ ފަހުން އިއުލާން ކޮށްފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރާނީ ކުރީ ސަރުކާރުން އިއުލާން ކުރި ފައިނަލް ލިސްޓުގައި ތިބި ފަރާތްތަކަށް ކަމަށެވެ.
ނަމަވެސް އެލިސްޓުގައި ޝަރުތު ހަމަނުވާ ފަރާތްތައް ހިމެނޭނަމަ އެފަރާތްތައް އުނިކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު