ފާއިތުވި ހަފްތާގައި ހިނގި އެކި ބާވަތުގެ ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން 147 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 18 އިން 30 އާ ދެމެދު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 44 މައްސަލަ ރިޕޯޓު ކޮށްފައި ވެއެވެ.
އެގޮތުން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 25 މައްސަލަ ވަނީ ރިޕޯޓު ކޮށްފައެވެ. މީގެއިތުރުން ބޭރު ފައިސާ މާރުކުރުމުގެ 10 މައްސަލައާއި، ވިޝިންގ ސްކޭމްގެ 4 މައްސަލައާއި، ފިޝިންގ ލިންކް ބޭނުންކޮށްގެން ހިންގާފައިވާ 2 މައްސަލަ އަދި އެހެނިހެން 3 މައްސަލަ ހިމެނެއެވެ.
މި މައްސަލަތަކުން ޖުމުލަ 899،348.43 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 147,132.00 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސް، ވައިބަރ އަދި އައިބޭ ފަދަ ޕްލެޓްފޯމުތައް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ދިމާވި 18 މައްސަލައާއި، ވައިބަރ މެދުވެރިކޮށް ދިމާވި 11 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ފައިސާ ދެއްކުމުގެ ކުރިން ރަނގަޅަށް ޔަގީންކުރުމަށާއި، އޯޓީޕީ އަދި ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުމަށާއި، ވިޔަފާރި ނުވަތަ ފައިސާ މާރުކުރުމުގައި ހަމައެކަނި ހުއްދަ އޮންނަ ފަރާތްތަކާ މުޢާމަލާތު ކުރުމަށްވެސް އަންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު