ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ގުދުރަތީ ގޮތުން ރާއްޖެ އޮތް ސަރަހައްދުގެ ނަހަމަ ބޭނުން ހިފުމުގެ ފުރުސަތު އެއްވެސް ޤައުމަކަށް ނުދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ސިލޯން ޓުޑޭއަށް ދެއްވި ހާައްސަ ބަސްދީގަތުމެއްގައެވެ.

ރައީސް ވިދާޅުވީ، ޤުދުރަތީ ގޮތުން ރާއްޖެ އޮތް ސަރަޙައްދުގެ ގޮތުން ބައިނަލްއަޤުވާމީ ގޮތުން ބަލާއިރު ވިޔަފާރިއާއި އެނޫންވެސް އެކިއެކި ކަންކަމުގައި މި ސަރަޙައްދު ވަރަށް މުހިންމު ވާކަމަށެވެ.

އެހެންނަމަވެސް އެކަމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ފިއްތުންތަކެއް މިހާތަނަށް ކުރިމަތިވެފައިނުވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރާއްޖެ ޖިއޮގްރަފިކަލީ އޮތް ސަރަޙައްދުގެ ނަހަމަ ބޭނުން ހިފުމުގެ ފުރުސަތު އެއްވެސް ޤައުމަކަށް ނުދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ބޭރުގެ އެކިއެކި ޤައުމުތަކާއެކު ރާއްޖެއިން ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި އެކަން ކުރާނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށްވެސް ބުރޫ ނާރާނެ ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖެއިން ސަރަޙައްދީ މައްސަލަތަކުގައި ވަކި ފަޅިއެއް ނުނަގާނެ ކަމަށާއި، ރާއްޖެއިން ހުރިހާ ޤައުމަކާއެކުވެސް އޮންނަ ގުޅުން ބަދަހި ކުރާނެ ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދަނީ ސަރަހައްދީ ސުލްހައަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން