ލޯންޗަކާއި ޓަގު ބޯޓެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 3:30 ހާއިރު މާލެއިން އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި އެމްޕީއެލްގެ ޖެޓީއަށް ވަންނަން ދިޔަ ޓަގެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި ލޯންޗު ދުއްވަން އިން ކެޕްޓަނަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް އެމީހާއަށްވީ އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެކްސިޑެންޓުވީ "މައި އެކްސްޕްރެސް 2" ނަމަކަށް ކިޔާ ލޯންޗެކެވެ. އެ ލޯންޗްގެ އަރިމަތިން ވަރަށް ބޮޑަށް ފަޅައިގެންގޮސް ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ.
ފުލުހުން ބުނީ މި ހާދިސާ ދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު