ހުޅުމާލެ ފޭސް 1 ގައި މާރާމާރީއެއް ހިންގައި އެކަކަށް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ހުޅުމާލެ ފޭސް 1 ގައި ކެފޭއެއްގެ ކައިރީ ދެ މީހެއްގެ މެދުގައި މަރާމާރީއެއް ހިންގި މައްސަލައެއް މިރޭ 8:20 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި އެކަކުގެ ނޭފަތް ފެޅި އަނިޔާވެފައިވާކަމަށާއި ދެވަނަ މީހާއަށް އަނިޔާއެއް ވެފައި ހުއްޓާ ބޭރުފުށުން ފެންނަން ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީގައި ޝާމިލުވާ މީހުންގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު