ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ބެލެނިވެރިން ކުރާ މަސައްކަތްތަކަށް އެހީ ވުމަށް މިސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ގްލޯބަލް ޑޭ އޮފް ޕޭރެންޓްސް ދުވަހުގެ މުނާސަބައިގައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މިދުވަސް ފާހަގަކުރަން ވަރަށްވެސް މުހިންމު ކަމަށެވެ. އަދި ހާއްްސަ ގޮތެއްގައި ބޮޑެތި ގުރުބާނީތައްވަމުން އަންނަން އޮތް ޒުވާން ޖީލު ހަރުދަނާކޮށް ތަރުބިއްޔަތު ކުރުމުގެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ ބެލެނިވެރިންނާއި، އަލަަށް ބެލެނިވެރިކަމުގެ މަސްއޫލިއްޔަތު އަދާ ކުރަމުންދާ ޒުވާން ބެލެނިވެރިންގެ މަސައްކަތް މިއަދު ފާހަގަކުރުން މުހިންމު ކަމަށެވެ.
މީގެއިތުރުން، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން، ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ބެލެނިވެރިން ކުރާ މަސައްކަތްތަކަށް ވެވެން އޮތް ހުރިހާ އެހީއެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އިސްލާމީ އުސޫލުތައް ދަމަހައްޓާ، އުފާވެރި ދުޅަހެޔޮ ކުދިން ތަރުބިއްޔަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، މާހައުލާއި، ފުރުސަތުތައް ހޯދައިދީގެން ބެލެނިވެރިންނަށް އެހީތެރިވުމަށް އަޅުގަނޑުގެ މިވެރިކަމުގައި ދެމިއޮންނާނެ،" އެކްސް ޕޯސްޓުގައި ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު