ކަރަންޓް ކެނޑި މާލެ އާއި ހުޅުމާލެ ޓޯޓަލް ބްލެކްއައުޓަކަށް ގޮސްފައިވާކަން ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަޙްމަދު މުޙައްމަދު ދާދި ދެންމެއަކު މީޑިއާތަކާ ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައި ކަމަށެވެ.
އަދި ދިމާވެފައިވާ މައްސަލަ ދެނެގަނެ އެކަން ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށްވެސް އަޙްމަދު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން މިވަގުތު މާލެ އާއި ހުޅުމާލެ އޮތީ “ޓޯޓަލް ބްލެކްއައުޓެއް”ގައި ކަމަށް އަޙްމަދު ވިދާޅުވިއެވެ.
“ޓޯޓަލް ބްލެކް އައުޓަކަށް ވާތީ، ގްރޭޓަރ މާލެ ގްރިޑް އަލުން އެނަރޖައިޒް ކުރުމުގެ ކުރިން، ފުރިހަމަ ކުރަންޖެހޭ ޗެކަޕްތައް ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ.” އަޙްމަދު މީޑިއާތަކަށް ޙިއްސާކުރެއްވި މެސެޖްގައި ވެއެވެ.
އޭގެއިތުރުން ޗެކަޕް ނިމުމުން މާލެ އާއި ހުޅުމާލެ ޖެންސެޓްތައް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށާއި، ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު