ސްޓެލްކޯ
ސްޓެލްކޯ
މާލޭ ސަރަޙައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސްކޮށް ބެލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

ރައީސް މިގޮތަށް އަންގަވާފައިވާއިރު، ކަރަންޓް ކެނޑި މާލެ އާއި ހުޅުމާލެ ޓޯޓަލް ބްލެކްއައުޓަކަށް ގޮސްފައިވާކަން ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

އެކަމާގުޅިގެން ރައީސް މުޢީއްޒު ވިދާޅުވީ، މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށެވެ.

އޭގެއިތުރުން މިފަދަކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.



ރައީސް މިފަދަ އެންގެވުމެއް އަންގަވާފައިވާއިރު، ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަޙްމަދު މުޙައްމަދު މިއަދު މީޑިއާތަކާ ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

އަދި ދިމާވެފައިވާ މައްސަލަ ދެނެގަނެ އެކަން ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި، މިވަގުތު މާލެ އާއި ހުޅުމާލެ އޮތީ “ޓޯޓަލް ބްލެކްއައުޓެއް”ގައި ކަމަށް އަޙްމަދު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން