ހދ.ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހުރިހާ ހަކަތައެއް އިރުގެ ހަކަތައަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ޖަޕާންގެ ކެނެޑޭވިއާ ކޯޕަރޭޝަން އާ ހަވާލު ކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުހައްމަދެވެ. އަދި ކެނެޑޭވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޓަކެށީ އައިބާ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިށިގާމީ ރުމިކޯ، މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު، އަދި ކުންފުނީގެ ބޯޑް ޑިރެކްޓަރުންނާއި ދެ ކުންފުނީގެ އިސް މުވައްޒަފުންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މަޝްރޫއުގެ ދަށުން ުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރ.އޯ ޕްލާންޓެއް ބެހެއްޓުމާއި، 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ޤާއިމްކުރުމާއި، 1450 ކިލޯވޮޓްއަވަރ ގެ ބެޓެރީ ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.
މި މަޝްރޫއަށް ދާނެކަމަށް ލަފާކުރެވޭ ޖުމްލަ ޚަރަދުގެ 27 އިންސައްތަ އަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން (ޖީއީސީގެ) ހިލޭ އެހީ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ އިތުރުން ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ ކެނެޑޭވިޔާގެ ފަރާތުންވެސް މަޝްރޫޢަށް ބޭނުންވާ ޖުމްލަ ޚަރަދުގެ 27 އިންސައްތަ ހިއްސާ ކުރާނެ ކަމަށްވެސް ސަރުކާރުން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން މި މަޝްރޫޢަށް ހިގާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ޚަރަދުގެ 46 އިންސައްތަ ހިއްސާ ކުރާނީ އެމް.ޑަބްލިޔު.އެސް.ސީ އިން ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
މިމަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވަނީ ހާމަކޮށްފައެވެ. އަދި ރާއްޖެ އެތެރެކުރާ ފޮސިލް ފިއުލް އެތެރެކުރާ މިންވަރު ދަށްކޮށް، ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ޚިދުމަތްތަކާއި އަދި އޮޕަރޭޝަން ތަކުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް އެހީތެރިވެދޭނެ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.
އަދި ހަމައެއާއެކު ކުޅުދުއްފުށީގައި ފެން އުފެއްދުން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ބަދަލުކުރެވި، އޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހާ ރައްޔިތުންނަށް ލިބިގެން ދާނެކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވަނީ ބުނެފައެވެ. މީގެ އިތުރުން ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށްވެސް މިމަޝްރޫޢު މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫޢުގެ ސަބަބުން އަހަރެއްގެ މައްޗަށް ދެ ލައްކަ ލީޓަރގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާ ކުރެވޭއިރު މި ކަމުގެ ސަބަބުން އަހަރަކު 573 ޓަނުގެ ކާބަން ޑައި އޮކްސައިޑް ޖައްވަން ދިޔުން ހުއްޓުވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވަނީ ބުނެފައެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ އެކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު