މުޅި މާލޭ ސަރަހައްދުން 5 ގަޑިއިރެއްހާއިރަށް ކަރަންޓުގެ ހިދުމަތް ކެނޑެން މިއަދު ދިމާވީ ގްރޭޓަރ މާލޭ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި މައްސަލައަކުންކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މާލެ ސަހަރައްދަށް އަލުން ކަރަންޓު ދެވިފައިވާކަން ހާމަކުރައްވަމުން ފަހުމީ ދެންމެ އެކްސްގައި ވިދާޅުވީ، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރުވަނީ ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވިފައި ކަމަށެވެ.
ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި ސަބަބު އެނގުމުން ރައްޔިތުންނަށް މައުލޫމާތު ހިއްސާ ކުރައްވާނެކަމުގެ ޔަގީންކަން ފަހުމީ ވަނީ ދެއްވާފައެވެ.
ފަހުމީ ވަނީ، ކަރަންޓު އަލުން ދިނުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
އޭގެ އިތުރުން، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެ ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ފަހުމީ ވަނީ ދެއްވާފައެވެ.
މާލެ ފުލް ބްލެކްއައުޓަކަށް ދާންޖެހުނު ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންނަށް ރައީސް މުޙައްމަދު މުޢިއްޒު މިއަދުވަނީ އަންގަވާފައެވެ. އަދި ފުލުހުން އެ ތަހުގީގު ފަށާފައިވާކަން މިއަދު ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު