ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ލަފާފުޅުގެ ދަށުން އެމްޑީޕީ ތެރޭ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވަކިން ހަރަކާތްތަކެއް ހިންގަން ރާވާތީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އައްޑޫ ސިޓީގެ ނައިބު އަދި ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ފާޑުވިދާޅުވެއްޖެއެވެ.
އިއްޔެ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން އާންމުކުރި ވީޑިއޯއެއްގައިވަނީ، އެމްޑީޕީގައި އިސްކޮށް އުޅޭ ބައެއް މެންބަރުންނާ އެކު، ރައީސް ޞާލިޙަށް ތާއީދު ކުރާ ފަރާތްތަކުން ބައްދަލުކޮށް މަގުމަތީ ހަރަކާތްތަކަކަށް ތައްޔާރުވުމަށް މަޝްވަރާކުރާތަން އާންމުކޮށްފައެވެ.
އެ ވީޑިއޯގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ) ވަނީ، އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން އެންމެ އެދެވޭގޮތެއްގައި މަގުމަތީ ހަރަކާތްތައް ކުރިއަށް ނުގެންދާތީ އެ ހަރަކާތްތައް ސީދާ ރައީސް ޞާލިޙްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަން މަސައްކަތް ކުރާކަން ހާމަކުރައްވާފައެވެ.
މި ބައްދަލުވުމުގައި އިސްކޮށް ތިއްބެވީ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް އަދި މުޙައްމަދު ރަޝީދު (ބިގޭ) އެވެ. ބައްދަލުވުމުން ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދާއި ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ފެނިގެންގޮސްފައެއް ނުވެއެވެ.
އެމްޑީޕީ ތެރޭ މިފަދަ ބައްދަލުވުންތަކެއް ވަކިން ބާއްވަމުންދާތީ އެކަމުގެ ނުރުހުން ބައެއް އާންމު މެންބަރުން ދަނީ ފާޅުކުރަމުންނެވެ. އެގޮތުން، މެޓްރިކްސް މޯޑު އެކްސްގައި މިއަދު ވިދާޅުވީ، ބިގޭ އެ ދެއްވީ، ވަރަށް ޒިންމާދާރުކަން ކުޑަ ސްޓޭޓްމަންޓެއް ކަމަށާއި، އެގޮތަށް ޕާޓީ ފިތުނަކުރަން އުޅެގެން އެކަކުވެސް ނުވާނެކަމަށެވެ.
އޭނާ ވިދާޅުވީ، ޕާޓީގެ ކަންކަން ކުރުމުގައި ޕާޓީގެ ލީޑާރޝިޕަކީ ހަމަ އެކަނި ޗެއާރޕާސަން ނޫންކަމަށެވެ. އަދި އެފަދަ ބައްދަލުވުންތައް ބާއްވައި އެގޮތަށް ޕާޓީގެ ކަންކަން ކުރީގެ ރައީސަކު އަމިއްލަފުޅަށް ނުވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެޓްރިކްސް މޯޑު މިކަންބޮޑުވުން ފާޅުކޮށްފައިވާއިރު މި ބައްދަލުވުމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން ލީޑަރިޝިޕްގެ ބައެއް ބޭފުޅުން ހާމަކުރައްވާފައިވާއިރު ދޭތެރެ ދޭތެރެއިން މިފަދަ ވަކިވަކި ބައްދަލުވުންތައް ލީޑަރޝިޕްގެ އެކި ބޭފުޅުން ބާއްވާތީ ޕާޓީތެރޭ ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

މިއީ ވަރަށް ޒިންމާދާރުކަންކުޑަ ސްޓޭޓް މަންޓެއް.ތިގޮތަށް ޕާޓީ ފިތުނަކުރަން އުޅެގެން އެކަކުވެސް ނުވާނެ.ކަންކަން ކުރުމުގަ ޕާޓީގެ ލީޑާރޝިޕް އަކީ ހަމަ އެކަނި ޗެއާރ ޕާސަން އެއްނޫން އަދި ތިގޮތަށް ޕާޓީގެ ކަންކަން ކުރީގެ ރައީސަކު އަމިއްލަފުޅަށް ނުވެސް ކުރެވޭނެ. @faya_i @MDPSecretariat pic.twitter.com/GfTrbGt15d
— Matrix Mode🇲🇻 (@addumpmode) June 1, 2025
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން ލީޑަރިޝިޕްގެ ބައެއް ބޭފުޅުން ހާމަކުރައްވާފައިވާއިރު ދޭތެރެ ދޭތެރެއިން މިފަދަ ވަކިވަކި ބައްދަލުވުންތައް ލީޑަރޝިޕްގެ އެކި ބޭފުޅުން ބާއްވާތީ ޕާޓީތެރޭ ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު