ފުލުހުން ބަންދު ކޮށްފައިވާ ޒޯނެއް
ފުލުހުން ބަންދު ކޮށްފައިވާ ޒޯނެއް
މާލޭގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުހުން މިއަދު ބުނީ ޝަޙީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި ހިނގި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭގެ މެންދަމުން އަލިވެ 03:10 ހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ބަންގްލަދޭޝް މީހާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި، އެ މީހާއަށް ފަރުވާދެމުން ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައިކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ނަމަވެސް އެ މީހާއަށް ހަމަލާދިނީ ކޮންބައެއް ކަމެއް އަދި ޙަމަލާދިން މީހުންގެ ޤައުމީ ނިސްބަތް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން