އެކުވެރި ދިވެހީންގެ ތެދުވެރިކަމުން ފުން އިޙުސާސްތަކެއް ކުރުވައިފި ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޔޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ރޭ ޙިއްސާ ކުރެއްވި މެސެޖެއްގައި ސަފީރު ޔޮންގް ޝިންހުއާ ވިދާޅުވީ، ރޭގެ ވަގުތެއްގައި ޗައިނާގެ ޒުވާން އަންހެން ކުއްޖެއްގެ ވޮލެޓެއް އާރު.ޓީ.އެލް. ބަހެއްގެ ތެރެއަށް ގެއްލުނު ކަމަށެވެ. ނަމަވެސް ބަސް ކޮންޑަކްޓަރަށް އެ ވޮލެޓް ފެނުމުން، މާގިނައިރެއްނުވެ ޗައިނާ ކުއްޖާއަށް ވޮލެޓް ހަވާލު ކޮށްފައިވާކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
އަދި އެކަމުގެ ސަބަބުން، އެކުވެރި ދިވެހީންގެ ތެދުވެރިކަން އިޙްސާސްކުރެވި ފުންއަސަރުތަކެއް ކޮށްފައިވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރުގެ މި ޕޯސްޓުގައި ވަނީ ހުޅުމާލޭ ދުވާ ޓްރެކުގައި ހިނގާފައި ދިޔަ ބުޅަލެއްގެ ފޮޓޯވެސް ޙިއްސާކުރަށްވާފައެވެ. އެއަށްފަހު ވިދާޅުވީ، ރޭ ވާރޭ ވެހުނު ވަގުތު ދުވެލަން ދިޔަ ކަމަށާއި އެއީ ހިތްގައިމު ކަމެއް ކަމަށެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވެފައިވާއިރު، ސަފީރު ފާހަގަ ކުރެވިފައިވަނީ ރާއްޖޭގެ ރީތި މަންޒަރުތައް ފޮޓޯ ނަންގަވައި ޢާއްމުކޮށް މީސްމީޑިއާގައި ޙިއްސާކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ.

Good night, Maldives!
— Ambassador Kong Xianhua (@China_Amb_Mdv) June 1, 2025
Today, a young Chinese lady left her wallet on the bus, which was picked up by the conductor and returned to her shortly after.
Deeply touched by the honesty of Maldivian friends, many thanks!
BTW, I did run in the rain tonight. Cool, literally. pic.twitter.com/CsOyvpFezv
ސަފީރުގެ މި ޕޯސްޓުގައި ވަނީ ހުޅުމާލޭ ދުވާ ޓްރެކުގައި ހިނގާފައި ދިޔަ ބުޅަލެއްގެ ފޮޓޯވެސް ޙިއްސާކުރަށްވާފައެވެ. އެއަށްފަހު ވިދާޅުވީ، ރޭ ވާރޭ ވެހުނު ވަގުތު ދުވެލަން ދިޔަ ކަމަށާއި އެއީ ހިތްގައިމު ކަމެއް ކަމަށެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވެފައިވާއިރު، ސަފީރު ފާހަގަ ކުރެވިފައިވަނީ ރާއްޖޭގެ ރީތި މަންޒަރުތައް ފޮޓޯ ނަންގަވައި ޢާއްމުކޮށް މީސްމީޑިއާގައި ޙިއްސާކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު