މާލޭ ސަރަޙައްދަށް އިއްޔެ ކުރިމަތިވި ބްލެކްއައުޓްގެ މައްސަލަ ސަރުކާރުގެ ސަމާލުކަށް ގެނައުމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހުށައެޅުއްވުމުން މަޖިލީހުގެ ޕީއެންސީގެ މެންބަރުން ވޯޓު ދެއްވައިގެން މައްސަލަ ބޭރުކޮށްލައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެމްޑީޕީގެ މެންބަރު ޑރ. ޝަމްހީދު ހުށައެޅުއްވި ކުއްލި މައްސަލާގައި ވަނީ، އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން އިއްޔެ ކަރަންޓު ކެނޑި ސިއްހީ ހިދުމަތަށާއި މުއާސަލާތީ ހިދުމަތްތަކަށް ބުރޫ އަރައި ވިޔަފާރިތައް ހުއްޓުމަކަށް އައި މައްސަލަ ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގޮވާލާފައެވެ.
އެގޮތުން ގްރޭޓާ މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ދިޔުމަކީ މީގެ ކުރިން ހިނގާފައިވާ ކަމެއް ނޫން ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ. އަދި އެގޮތަށް ކުއްލިއަކަށް މުޅި މާލެއިން ކަރަންޓު ދިޔުމަކީ ސިއްހީ ހިދުމަތްދޭ ތަންތަނުން ފަރުވާ ހޯދަމުންދިޔަ މީހުންނަށާއި، އެތަނުގައި ބޭނުންކުރާ އާލާތްތަކަށް ގެއްލުންވާނެ ކަމެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
ހަމައެއާއެކު، އެއާޕޯޓު ހުއްޓުމަކަށް އައުމުގެ ސަބަބުން އެތައް ފަތުރުވެރިންނެއްގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާކަން ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ފާހަގަ ކުރަށްވާފައިވެއެވެ.
ޑރ. ޝަމްހީދު މިއަދު ހުށައެޅުއްވި މި މައްސަލަ މަޖިލީހުން ބޭރުކޮށްލީ ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ބޭރުކޮށްލަން 43 މެންބަރުން ވޯޓު ދެއްވާފައިވާއިރު، މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤު ހިމެނެއެވެ.
މާލޭ ސަރަޙައްދަށް އިއްޔެ ކުރިމަތިވި ބްލެކްއައުޓްގެ މައްސަލަ ސަރުކާރުގެ ސަމާލުކަށް ގެނައުމަށް ޑރ. ޝަމްހީދު ހުށައެޅުއްވިއިރު، މާލެ ސަރަހައްދުން އިއްޔެ ފަސްގަޑިއިރަށް ކަރަންޓު ކެނޑުނު މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ރައީސް މުޢިއްޒު ވަނީ ފުލުހުންނަށް އަންގަވާފައެވެ.
އަދި ފުލުހުން ބުނެފައިވަނީ، ކަރަންޓު ކެނޑެން ދިމާވި ސަބަބު ދެނެގަތުމަށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު