ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރގެ މަގާމަށް 3 ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ކުރިމަތި ލައްވާފައިވަނީ، މިހާރުގެ އެކްޓިން ކޮމިޝަނަރ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝަމީމެވެ.
ފުލުހުންގެ ޤާނޫނުގައިވާ ގޮތުން ސީޕީގެ މަގާމަށް ކުރިމަތި ލެވޭނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ސުޖާއު އެމަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގު ހިންގަމުންދިޔަ ގޮތާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެ، އޭނާގެ އިސްތިއުފާއަށް ގޮވައި މުޒާހަރާ ކުރަމުން ދަނިކޮށެވެ.
ސުޖާއު އިސްތިއުފާ ދެއްވުމުން ހޯމް މިނިސްޓްރީން އެންމެ ފުރަތަމަ ނިންމީ އެ މަގާމު ވަގުތީ ގޮތުން އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލު ކުރުމަށެވެ. އެހެންނަމަވެސް ފަހުން ހޯމް މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށް، އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީންއާ ވަގުތީ ގޮތުން މަގާމު ހަވާލުކޮށްފައެވެ.
ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާ ފަރާތްތަކާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް އެފަރާތްތަކުގެ ޤާބިލުކަން އެބޯޑުން ވަޒަން ކުރެއެވެ. އަދި ޕޮލިސް ބޯޑުން ފޮނުވާ ނަންތަކުގެ ތެރެއިން މަގާމަށް އައްޔަންކުރާ އޮފިސަރަކު ކަނޑައަޅާނީ މިނިސްޓަރުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

ކިޔުންތެރިންގެ ހިޔާލު