ޓޯކޮށްފައިވާ އުޅަނދުތައް ނައްތާލުން، ފޮޓޯ: ފުލުހުން
ޓޯކޮށްފައިވާ އުޅަނދުތައް ނައްތާލުން، ފޮޓޯ: ފުލުހުން
ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 500 އަށްވުރެ ގިނަ އުޅަނދު ނައްތާލައިފިއެވެ.

ފުލުހުން ބުނީ މެއި 5 އިން މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތައް ނައްތާލާފައިވާ ކަމަށެވެ.

އެގޮތުން، ޖުމްލަ 568 އުޅަނދު ގަވައިދުގައިވާ ގޮތުގެ މަތިން ނައްތާލާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޯ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯކޮށްފައި ވެއެވެ. އޭގެ ތެރޭގައި 11،645 ސައިކަލާއި، 2،567 ކާރާއި 478 ޕިކަޕާއި 369 ވޭން އަދި 87 ޓްރަކު ހިމެނެއެވެ.

މި އުޅަނދުތަކުގެ ތެރެއިން 546 އުޅަނޑު ނައްތާލާފައި ވާއިރު، 2 އުޅަނދު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފަައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން