ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް
ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް
ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްތައް މިހާރު ހުރިތަން ނޫން އެހެން ތަނަކަށް ބަދަލު ނުކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރ އަލީ ނިޝާން ވިދާޅުވީ މެކޭނިކަލް ޕާކިން ރެކްތައް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި މި ރެކްތައް ދެވަނަ ފިޔަވައްސައް ބަދަލުކުރުމަށް އެޗްޑީސީއާއެކު މަޝްވަރާކުރެވި އަގަކާއި ހަމައަށްވެސް އާދެވުނު ކަމަށް ނިޝާން ވިދާޅުވިއެވެ.

އެހެންނަމަވެސް މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ހުރިތަނުން ނަގައިގެން އެހެންތަނަށް ގެންދާނަމަ ވަރަށް ބޮޑު ޚަރަދެއް ހޭދަކުރަންޖެހޭ ކަމަށް ނިޝާން ވަނީ ވިދާޅުވެފައެވެ.

އަދި ޕާކުކުރަން އެތަން ބޭނުންކުރާ ފަރާއްތަކަށްވެސް ޕާކުކުރުމަށް ދުރައް ދިޔުމަކީ ފަަސޭހަކަމެއް ނޫންކަމަށްވުމާއެކު މެކޭނިކަލް ޕާކިންގ ސިސްޓަމްތައް އޮޕްރޭޝަނަށް ގެންނާނީ މިހާރުވެސް ހުރިތަނުގައި ބަހައްޓައިގެން ކަމަށް ނިޝާން ވިދާޅުވިއެވެ.

ވީހާވެސް އަވަހަށް އެ ޕާކިން ސިސްޓަމްތައް އާންމުންނަށް ބޭނުން ކުރެވޭނެހެން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މާލޭ ސަރަޙައްދަށް ދިމާވެފައިވާ ޕާކިންގ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލެއިން ވަގުތީ ޕާކިން ޒޯންގެ ގޮތުގައި 2 ބިމެއް މިހާރުވެސް އަންނަނީ ބޭނުންކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން