ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން މިފަހަރު ހައްޖަށްދިޔަ ފަރާތްތަކާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައްދަލުކުރައްވައިފިއެވެ.
ރައީސްގެ ދެކަނބަލުން މި ބައްދަލުވުން ބާއްވަވާފައިވަނީ މައްކާގައި ދިވެހި ހައްޖުވެރީން ތިބޭ ހޮޓަލަށް ވަޑައިގެން އެ ހޮޓަލްގައެވެ.
މި ބައްދަލުވުމުގައި ރައީސްވަނީ ހައްޖާޖީންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ހައްޖުގެ މަތިވެރި އަޅުކަން ފަރުވާތެރިކަމާ އެކު އަދާކުރުމާ ގުޅޭގޮތުންނާ ހައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
ރައީސް ވިދާޅުވީ، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހި ހައްޖުވެރިންގެ ކަންކަން ވީހާ ވެސް ބޮޑަށް ފުރިހަމަ ކޮށްދޭން ކަމަށާއި އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލައި، ކަންކަން ފުރިހަމަ ކޮށްދޭނެ ކަމަށެވެ.
އަދި މި ފަހަރުގެ ހައްޖުގެ އަޅުކަމުގެ ހުރިހާ ކަމެއް ވެސް ވަރަށް ފަސޭހަވާނެ ކަމަށް އެ މަނިކުފާނު އުންމީދު ކުރައްވާ ކަމަށާއި މިފަހަރުގެ ހައްޖުގައި ސައުދީން ހަމަޖައްސަވައިދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާކަމަށާއި ދިވެހީންނާ މެދު ސައުދީން ގެންގުޅުއްވަނީ އެއްބަނޑުއެއްބަފާ ގުޅުމެއްކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
އެގޮތުން ސައޫދީ އަށް ދަތުރުކުރުމުގައި ސައޫދީ ރަސްގެފާނާއި ވަލީ އަހުދުގެ ހާއްސަ ނިންމެވުމެއްގެ ދަށުން މައްކާ ރޫޓުގެ ކަންކަން ހަމަޖެހިގެން ދިޔުމާއި ދިވެހީންނަށް ހާއްސަ ކްލިނިކެއްގެ ހިދުމަތް ފެށުން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސައޫދީ ރަސްގެފާނުގެ ހާއްސަ މެހުމާންދާރީގެ ދަށުން މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރައްވަން ރައީސް މުއިއްޒުގެ ދެކަނބަލުން ވެސް މިހާރު ތިއްބެވީ މައްކާގައެވެ.

ކިޔުންތެރިންގެ ހިޔާލު