ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ގޭބިސީތަކަށް މިދިޔަ މަހުގެ ކަރަންޓު ބިލު ވެސް ސަރުކާރުން ބިލުކުރާނީ އާ ޓެރިފް ރޭޓްގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާންމު ގޭބިސީތަކުން ބޭނުންކުރާ ކަރަންޓު ޔުނިޓަކަށް ޗާޖުކުރާ މިންވަރު ކުޑަކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވިކަން މިދިޔަ ހުކުރު ދުވަހު ވަނީ އިއުލާނު ކުރައްވާފައެވެ. ރައީސް އެގޮތަށް ނިންމެވުމާ ގުޅިގެން ރާއްޖޭގައި ކަރަންޓުގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުންދާ ސްޓެލްކޯ އަދި ފެނަކައިން ވެސް މިހާރުވަނީ ކުރިއަށް އޮތް މަސްތަކުގައި ބިލް ކުރާނީ އާ ޓެރިފް ރޭޓުގައިކަން ހާމަކޮށްފައެވެ.

އޭގެ އިތުރުން، ސްޓެލްކޯއިން މިހާރުވަނީ ނިމިދިޔަ މެއި މަހުގެ ކަރަންޓް ބިލު ވެސް ތައްޔާރު ކުރާނީ ކުޑަކުރި ޓެރިފް ރޭޓުގައިކަން ހާމަ ކޮށްފައެވެ.

ސްޓެލްކޯއަކީ މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ އަވަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. ސްޓެލްކޯގެ އިތުރުން ފެނަކައިން ވެސް ވަނީ މެއި މަހުގެ ކަރަންޓުގެ ހިދުމަތަށް ބިލުކުރާނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓުގައިކަން ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން