ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބައިސްކަލް ދުއްވުން ތައާރަފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ބައިސްކަލް ދުއްވުމުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ރައީސް ވިދާޅުވީ ބައިސްކަލަކީ ތިމާވެއްޓާ ރައްޓެހި އުޅަނދެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސިޓީތަކަށް، މި ޚަރަދު ކުޑަ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމް ތަޢާރަފް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރަށްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“ސިޓީތައް މިވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައި. އަޅުގަނޑުމެންގެ ދަތުރުފަތުރުގެ ނިޒާމުތަކާމެދު އަލުން ވިސްނަން ޖެހޭ ވަގުތު މިވަނީ އައިސްފައި.” ރައީސް ވިދާޅުވެފައިވެއެވެ.



ރާއްޖޭގެ ހުރިހާ ސިޓީއަކަށް ބައިސްކަލް ތައާރަފް ކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ރައީސް ހާމަކުރެއްވި ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ކޮންމެ އަހަރެއްގެ ޖޫން 3 ވަނަ ދުވަސް ފާހަގަ ކުރަމުންދަނީ ބައިނަލްއަގުވާމީ ބައިސްކަލް ދުއްވުމުގެ ދުވަހުގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން