ހޮޅުދޫ މަގު ހެދުން، ފޮޓޯ: އާރްޑީސީ
ހޮޅުދޫ މަގު ހެދުން، ފޮޓޯ: އާރްޑީސީ
ނ. ހޮޅުދޫ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް ބާރު ސަޕީޑުގައި ކުރިއަށް ދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ އެނެމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އާރްޑީސީން ބުނީ މި މަޝްރޫއުގެ ތެރެއިން މިހާރު ކުރެވެމުން ދަނީ އެރަށުގެ ޗާންދަނީ މަގުގައި ކާރބް ސްޓޯން ޖެހުން އަދި މުހައްމަދު ރާޝިދު ހިނގުމުގައި ބެކް ފިލިންގްގެ މަސައްކަތް ކަމަށެވެ.



އާރްޑީސީއާ މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 2022 ވަނަ އަހަރު އޮކްޓޯބަރު މަހުއެވެ. މި މަޝްރޫއަށް ސަރުކާރުން 71 މިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް އޭރު ހާމަކޮށްފައި ވެއެވެ.

މި މަޝްރޫއުގެ ދަށުން ހޮޅުދޫގެ 3.4 ކިލޯމީޓަރު މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް ތާރު އަޅައި އަދި މަގު ބައްތި ވެސް ހަރުކުރާނެއެވެ.

އޭރު މަޝްރޫއު ފަށައިގެން ވަކި ހިސާބަކުން މަސައްކަތް ހުއްޓިފައި ވީނަމަވެސް މިދިޔަ ޑިސެމްބަރު މަހު އާރުޑީސީން ވަނީ ހޮޅުދޫ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން