ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފުލެޓް ސަރަހައްދުގައި މީހެއްގެ ގަޔަށް ވަޅިޖަހައި ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން މިރޭ ބުނީ ހިޔާ ފުލެޓް ޕާކު ސަރަހައްދުގައި ވަޅީން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ ބިދޭސީއެއް ކަމަށާއި އެ މީހާއަށް މިހާރުދަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންކަމަށެވެ.
ފުލުހުން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ގަޔަށް ވަޅިޖަހާފައިވަނީ 18 އަހަރު ނުވާ ދިވެހި ފިރިހެން ކުއްޖެކެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު