މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނެފައިވަނީ އައު ޓެރިފް ރޭޓާއިއެކު ވެސް މެއި މަހުގެ ބިލް ބޮޑު ވުމާއި ގުޅިގެން އާންމުންގެ ޝަަކުވާ ގިންވެފައިވާ ދަނޑިވަޅެއްގައެވެ.

ބިލުގެ ކަންކަން ސާފުކޮށްދެމުން ސްޓެލްކޯއިން ބުނީ އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލް ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލް ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީކަމަށެވެ. އަދި އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުންކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.

"އައު ޓެރިފް ރޭޓާއިއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ 3 ބިލް (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ 2 ބިލާއި ކުރު މުއްދަތަކަށް ބިލްކޮށްފައިވާ ބިލް) ގެ ކުރިން އެ ގޭބިސީއަކަށް ބިލްކޮށްފައިވާ ބިލާއި އަޅައި ކިޔުމުން. އެގޮތުން ޑިސެމްބަރ 2024 ނުވަތަ ޖަނަވަރީ 2025 ގެ ބިލާއި، އައު ޓެރިފް ރޭޓުން ބިލްކުރެވިފައިވާ ބިލް އަޅާ ކިޔުމުން ބިލުގެ ހަޤީޤީ ފަރަޤު ސާފުވާނެ."



ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ހެޔޮކުރަން ނިންމަވައި އެކަން ތަންފީޒު ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެންގެވީ މިދިޔަ މަހުއެވެ.

ކަރަންޓު ބިލާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ނުވަތަ ބިލްތަކާ ގުޅިގެން ޝަކުވާއެއް އޮތްނަމަ، ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރ ހޮޓްލައިން 1545 އަށް ގުޅުމަށް ސްޓެލްކޯއިން އެދެއެވެ.





ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން