ފުލުހުންގެ ބަންދަށް މީހަކު ގެންދަނީ
ފުލުހުންގެ ބަންދަށް މީހަކު ގެންދަނީ
ހުޅުމާލެ ފޭސް-2 ގެ ހިޔާ ޕާކު ސަރަޙައްދުގައި ރޭ ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދިން މައްސަލައިގައި 16 އަހަރުގެ ކުއްޖެއް ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހުޅުމާލޭގައި ރޭ ހިންގި މާރާމާރިގައި އަނިޔާވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށެވެ. އަދި މި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ޙަމަލާގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވާއިރު އެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ލޭ ފައިބާފައި ހުއްޓެވެ.

ރޭ ހުޅޫމާލޭގައި ބިދޭސީއަކަށް ޙަމަލާ ދީފައިވާއިރު، މި މަހުގެ ފުރަތަމަ ދުވަހުގެރޭ މާލޭގައިވެސް ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވެއެވެ. އެ ހާދިސާގައި އަނިޔާވެފައި ވަނީ ބަނގުލަދޭޝްގެ ރައްޔިތަކަށެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން