ދ. ކުޑަހުވަދޫ އާއި ޅ. ހިއްނަވަރުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާކަަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި އާރްޑީސީން ބުނީ ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އޯކިޑް މަގުގައި ދުވާރުގެ މަސައްކަތް އަދި ކޮމްޕެކްޓް ކުރުމާއި ލެވެލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރެވުނީ 2021 ވަނަ އަހަރުއެވެ. މި މަޝްރޫއަށް ސަރުކާރުން 122 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރާއިރު، މި މަޝްރޫއުގެ 67 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ހިންނަވަރުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ރޯޑް 13ގައި ކާރބް ސްޓޯން ޖެހުން އަދި ނޫރާނީ މަގުގައި ދުވާރުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.
މި މަޝްރޫޢު އާރްޑީސީއާ ހަވާލު ކުރެވުނީ 2021 ވަނަ އަހަރު އެޕްރިލް 8 ގައެވެ. މި މަޝްރޫއަށް ސަރުކާރުން 122 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މި މަޝްރޫއުގެ 71 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ދ. ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އޯކިޑް މަގުގައި ދުވާރުގެ މަސައްކަތް އަދި ކޮމްޕެކްޓް ކުރުމާއި ލެވެލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. #TeamRDC pic.twitter.com/0kZRP6d1HE
— Road Development Corporation Ltd (@rdcmaldives) June 4, 2025
ހިންނަވަރުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ރޯޑް 13ގައި ކާރބް ސްޓޯން ޖެހުން އަދި ނޫރާނީ މަގުގައި ދުވާރުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.
މި މަޝްރޫޢު އާރްޑީސީއާ ހަވާލު ކުރެވުނީ 2021 ވަނަ އަހަރު އެޕްރިލް 8 ގައެވެ. މި މަޝްރޫއަށް ސަރުކާރުން 122 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، މި މަޝްރޫއުގެ 71 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ޅ.ހިންނަވަރުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ރޯޑް 13ގައި ކާރބް ސްޓޯން ޖެހުން އަދި ނޫރާނީ މަގުގައި ދުވާރުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.#TeamRDC pic.twitter.com/lnHl64ti70
— Road Development Corporation Ltd (@rdcmaldives) June 4, 2025
ކިޔުންތެރިންގެ ހިޔާލު