ކުޅުދުއްފުށި ސިޓީ ކައުންސިލުން އެރަށު ކޮންމެ ސްކޫލަކަށް އެއްލައްކަ ރުފިޔާ ދީފިއެވެ.
ކުޅުދުއްފުށީގެ ސަރުކާރު 3 ސްކޫލަށް 2025 ވަނަ އަހަރު ދިނުމަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލުން އިއްޔެ ވަނީ ސޮއި ކޮށްފައެވެ.
މި ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށް ކޮންމެ ސުކޫލަކަށް 100،000 ރުފިޔާ ލިބިގެންދާނެ ކަމަށް ކުޅުދުއްްފުށީ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ސްކޫލް ގްރާންޓް ތައާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ކައުންސިލުން ބުންޏެވެ.
ކުޅުދުއްފުށީ ކައުންސިލުން ވަނީ މީގެ ކުރިންވެސް މިގޮތަށް ސްކޫލްތަކަށް އެހީދީފައެވެ. އެގޮތުން އެންމެ ފުރަތަމަ އެހީ ދޭން ފަށާފައިވަނީ 2022 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު