މި އަހަރުގެ އަޟްހާ އީދު ފާހަގަކުރާއިރު, އިޖްތިމާއީ ރޫޙާއި އެއްބައިވަންތަކަން އާލާކުރުމަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިގޮތަށް ގޮވާލެއްވީ އެމަނިކުފާނު ދެއްވި ހިތާބެއްގައާއި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ހިތާބުގައި އެމަނިކުފާނު ވަނީ ދިވެހީންގެ ހިތްތަކުގައި ފަލަސްތީނަށް އޮތް ލޯތްބާއި، ކުލުނު ފާހަގަކުރައްވައި، ފަލަސްތީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލެއްވުމަށް އެދިވަޑައިގެން ދުއާދަންނަވާފައެވެ.
އަދި އެއް މުއުމިނަކު އަނެއް މުއުމިނަކަށް އަޅާލައި އެހީތެރިކަން ދިނުމުން އުފެދޭ ބަދަހި ގުޅުން, މާތް ނަބިއްޔާގެ ސިފަ ކުރައްވާފައިވަނީ، ގަދަފަދަ ބިނާއެއްގެ ގޮތުގައިކަން އެމަނިކުފާނުގެ ހިތާބުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވީ ބަރަކާތްތެރި ކޮންމެ މޫސުމެއްގައި ވެސް އިޖްތިމާއީ ރޫޙާއި އެއްބައިވަންތަކަން އާލާކުރުމަށް ހާއްސަ އިސްކަމެއްދޭންޖެހޭ ކަމަށާއި ދޮށީ ޢުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާ،އި އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި ގާތްތިމާގެކަމާ ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި އަދި ދަރީންނަށް ރިވެތި ނަމޫނާއާ ނަސޭހަތްތަކުން ތަސައްލީ ލިބިދިނުމަކީ ޢީދުގެ ހަގީގީ ޒީނަތްތެރިކަންކަމަށެވެ.
ރައީސް ހިތާބު ނިންމަވާލައްވަމުން ވަނީ ދިވެހި ރައްޔިތުންނަށް މިއަހަރުގެ ބޮޑު އީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބާއެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުއާދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު