ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި، އިޤްތިޞާދީ ހަމަޖެހުމާ ގުޅިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ މީހެއްގެ ދިރިހުރުމަށްވެސް އެކަމުގެ އަސަރުކުރާ ކަމެއް ކަމަށެވެ. އަދި އެއީ ކޮންމެ މީހެއްގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާވެސް ގުޅިފައިވާ ކަމެއްކަން ޤަބޫލުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރަށް އިޝާރާތް ކުރަށްވަމުން ރައީސް ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ އާންމު ޞިއްޙަތާއި، އިޤްތިޞާދީ ހަމަޖެހުމާވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. ހަމައެއާއެކު ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށް ސައިންޓިފިކް ދިސާރާތަކާއި، އެވިޑެންސް ބޭސްޓް މެތަޑްތަކުގެ މުހިންމުކަން ރައީސް ފާހަގަ ކުރަށްވާފައިވެއެވެ.
“އަޅުގަނޑުމެން ކައި އުޅޭ ކާނާއަކީ ރައްކާތެރި، ހަށިގަނޑަށް ފައިދާހުރި އަދި އިތުބާރުކުރެވޭ ކާނާއަކަށް ހެދުމަށް ސަރުކާރުން އަބަދުވެސް މިދަނީ މަސައްކަތް ކުރަމުން.” ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ޞިއްޙަތަށް ފައިދާހުރި، އަދި ޢާންމު ޞިއްޙަތަށް ގެއްލުން ނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށް މިސަރުކާރުން އިސް ނަގައިގެން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނެއް 2024 ވަނަ އަހަރު ވަނީ ވުޖޫދުކޮށްފައެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 7 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އދ. އިން ކަނޑައަޅާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު އދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރަކުންނެވެ.

On #WorldFoodSafetyDay, it is important to remember that food safety is a daily concern that affects every single one of us. It is the bedrock of public health and economic resilience. This year’s theme, "Food safety: science in action," highlights the importance of scientific… pic.twitter.com/8BskBnPZAE
— Dr Mohamed Muizzu (@MMuizzu) June 7, 2025
ރައީސް މިހެން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ޞިއްޙަތަށް ފައިދާހުރި، އަދި ޢާންމު ޞިއްޙަތަށް ގެއްލުން ނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށް މިސަރުކާރުން އިސް ނަގައިގެން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނެއް 2024 ވަނަ އަހަރު ވަނީ ވުޖޫދުކޮށްފައެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 7 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އދ. އިން ކަނޑައަޅާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހު އދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރަކުންނެވެ.
ކިޔުންތެރިންގެ ހިޔާލު