އާރްޓީއެލް ފެރީއެެއް ދިޔަވުމާ ގުޅިގެން ސިފައިން އެހީތެރިޖަން ފޯރުކޮށްދީފި، ފޮޓޯ: އެމްއެންޑީއެފް
އާރްޓީއެލް ފެރީއެެއް ދިޔަވުމާ ގުޅިގެން ސިފައިން އެހީތެރިޖަން ފޯރުކޮށްދީފި، ފޮޓޯ: އެމްއެންޑީއެފް
ހދ. ކުޅުދުއްފުށީ އާރުޓީއެލް (ރާއްޖެ ޓްރާންސްޕޯޓް ލިންކް) ބަނދަރުގައި އަޅާފައި އޮތް ފެރީ ލޯންޗެއް ދިޔަވުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ކުޅުދުއްފުށީ ބަނދަރުގައި އޮތް މި ލޯންޗު ދިޔަވާ ކަމުގެ ރިޕޯޓް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ފަތިހު 05:35 ހާއިރެވެ. މި މައުލޫމާތު ލިބުމާއެކު، ލަސްތަކެއް ނުވެ ފަޔަރމަނުން ވަނީ އެ ސަރަހައްދަށް ގޮސް، ލޯންޗު އަޑިއަށް ދިޔަނުދީ ސަލާމަތްކުރުމަށްޓަކައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ފަށާފައެވެ.

ފަޔަރމަނުން ކުރި މަސައްކަތުން، ލޯންޗަށް ދިޔަވަމުން ދިޔަ ދިޔަވުން ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހެނދުނު 07:50 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލޯންޗު ތެރެއަށް ފެންއެޅި، އޭގެ ސައިލެންސަރަށް ފެން ވަނުމެވެ. ނަމަވެސް، ސިފައިންގެ ހުޝިޔާރު މަސައްކަތުން ލޯންޗަށް ބޮޑު ގެއްލުމެއް ވިޔަނުދީ ވަނީ ސަލާމަތްކުރެވިފައެވެ.

މި ހާދިސާ ހިނގި ވަގުތު ލޯންޗުގައި އެއްވެސް ފަސިންޖަރަކު ނެތުމުންނާއި އަވަސް ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް