ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ މުޅި ދިރިއުޅުން ކަމަށާއި، އެހެންކަމުން ކަނޑު ހިމާޔަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ކަނޑުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ދުނިޔޭގެ ދުޅަހެޔޮކަން ފެށެނީ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށާއި، ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށެވެ.

“ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ކަނޑުގެ ވަސީލަތްތަކަކީ ހަމައެކަނި ވަސީލަތެއް ނޫން، އެއީ މުޅި ދިރިއުޅުން. ދިވެހިންގެ ދިރިއުޅުން ހަމަޖައްސަމުން ދަނީ ކަނޑުގެ ވަސީލަތްތަކުން ކުރާ މަސްވެރިކަމާއި، ޓޫރިޒަމާއި، އެހެނިހެން މަސައްކަތްތަކުން.” ރައީސް ވިދާޅުވެފައިވެއެވެ.



ހަމައެއާއެކު ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވެއްޓަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ.

އަދި މިއަދު އަޒުމު އާކުރާންވީ ކަނޑުތައް ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތް އިތުރުކޮށް، އެ ކަމަށް މުޅި ދުނިޔޭން ވެސް އިހުތިރާމްކޮށް އިޖާބަދިނުމަށް ކަމަަށް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން