7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބޯޓުން ހައްޔަރުކުރި މީހުން
7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބޯޓުން ހައްޔަރުކުރި މީހުން
ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 7 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓުގެ ކެޕްޓަން ނޫން އެންމެން ދޫކޮށްލައިފިއެވެ.

މާރޗް މަހުގެ 21 ވަނަ ދުވަހު ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގެން ބޯޓަކީ "މުތާ ޑައިމަންޑް" ކިޔާ ބޯޓެކެވެ. މި މައްސަލާގައި ހައްޔަރުކުރީ 10 ބިދޭސީންނެވެ. އޭގެ ތެރޭގައި އިންޑިއާއަށް ނިސްބަތްވާ 7 މީހުންނާއި އިންޑޮނޭޝިއާއަށް ނިސްބަތްވާ 3 މީހުން ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ބޯޓު ދޫކޮށްލުމާއެކު ބައެއް ފަޅުވެރިންނާއެކު ބޯޓު ވަނީ ފުރައިގެން ގޮސްފައެވެ. ނަމަވެސް ބޯޓުގެ ސީސީޓީވީ ފުޓޭޖް، ތަހުގީގަށް ވަނީ ހޯދާފައެވެ.

މި ބޯޓުން ހައްޔަރުކުރި މީހުންގެ ތެރެއިން ބޯޓުގެ ކެޕްޓަން ފިޔަވައި އެހެން އެންމެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ކެޕްޓަންގެ ބަންދަށް އެންމެ ފަހުން ޖަހާފައި ވަނީ 30 ދުވަހެވެ. އޭނަގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމުގެ ތުހުމަތެވެ.

މި މައްސަލާގައި މީގެކުރިން ދޫކޮށްލި މީހެއްގެ މައްސަލަ ދައުލަތުން އިސްތިއުނާފު ކޮށްފައިވާއިރު، މިމީހުންނަށް ވަކީލުން ހަމަޖައްސައިދޭން ޖެހުނީ ދައުލަތަށެވެ.

ފުލުހުން ބުނެފައިވަނީ، "މުތާ ޑައިމަންޑް" ބޯޓުގެ އިންޖީނު ރޫމުގެ ވަތެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 7 ޝީޓް ތަހުލީލުކުރުމުން އިޑްރޯކެނަބިނޯހަޓެޓްރާލާއި ކެނަބިނޯލްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 6.5 ކިލޯ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން