ސްރީލަންކާގެ ރައީސް އަރޫނާ ކުމާރަ ދިސަނަޔަކައާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން-
ސްރީލަންކާގެ ރައީސް އަރޫނާ ކުމާރަ ދިސަނަޔަކައާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން-
ދިވެހި ރާއްޖެއާއި އަވައްޓެރި ސްރީލަންކާގެ ޚާރީޖީ ގުޅުމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ސަފީރު ވިދާޅުވީ ރާއްޖެއާއި ލަންކާއަކީ ވަރަށް ޒަމާންވީ ގާތްގުޅުމެއް އޮތް ދެ ގައުމުކަމަށާއި، ވިޔަފާރިއާއި އެނޫން ގޮތްގޮތުންވެސް މުއްސަނދި ތާރީޚެއް ހިއްސާކުރާ ދެ ގައުމުކަމަށެވެ.

އަދި މި އަހަރަކީ ދެގައުމުގެ ޚާރިޖީގުޅުމަށް 60 އަހަރުފުރޭ އަހަރުކަމުން، މިނިވަން ދުވަހުގެ ހަރަކާތްތަކާއެކު، ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރުން ދިވެހި ހައިކޮމިޝަންގެ ފަރާތުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ މިކަން ފާހަގަ ކުރުމަށްޓަަކައި ހައިކޮމިޝަނުން އިސްނަގައިގެން ލަންކާގައި ދިރިއުޅޭ ދިވެހިންނާގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ރާވަމުންދާކަމަށެވެ.

އަދި މި ހަރަކާތްތަކަކީ ދެ ގައުމުގެ ގުޅުމުގެ މުހިންމުކަން ރަމްޒުކޮށްދޭނެ ހަރަކާތްތަކެއްކަމަށާއި، މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ސަރުކާރުގެ އިސްވެރިންނާއި، ޑިޕްލޮމެޓުންނަށް ދަޢުވަތު އަރުވާނެކަމަށް ސަފީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން