ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ކުލަބުތަކަށް ދިން ސަބްސިޑީގެ ފައިސާއަށް ބައެއް ކުލަބުތަކުގެ ވެރީން ހިޔާނާތްތެރިވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
2023 ވަނަ އަހަރުން ފެށިގެން ފުލުހުން އަންނަނީ އެފްއޭއެމްގެ ހިޔާނާތުގެ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުވާ ކޮށްފައި ވެސް ވެއެވެ.
އެފްއޭއެމްއާ ގުޅޭ މައްސަލަތަކުގެ އަދާހަމަ ހާމަކުރަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން ދޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރު ވެސް އަންނަނީ ކުރަމުން ކަމަށެވެ.
އެގޮތުން އެފްއޭއެމުން ކްލަބުތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ މީހުން ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުގީގު ފެށިގެން ކުރިއަށް ދާކަމަށް ވަނީ ބުނެފައެވެ.
ނަމަވެސް، އެއީ ކޮން ކުލަބުތަކެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އޭގެ އިތުރުން، ބައްސާމު ހިއްސާވާ ކުންފުންޏަކަށާއި އެފްއޭއެމްގައި އޭރު މަސައްކަތްކުރި މީހުންގެ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ވެސް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ބައްސާމުގެ މައްޗަށް ކުރި ދައުވާތައް މިހާރުވެސް ދަނީ ކުރިއަށެވެ. އެ ދައުވާތަކަށް ބައްސާމް ދަނީ އިންކާރު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު