ހުޅުމާލޭ ހާފްވޭ ހައުސް
ހުޅުމާލޭ ހާފްވޭ ހައުސް
ހުޅުމާލޭ ހާފްވޭ ހައުސްގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މަސްތުވެގެން ތިއްބާ ހައްޔަރު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ގއ. ކަނޑުހުޅުދޫ ވިދާތަރި، އިކުލީލް އިބްރާހިމް އާއި، އދ. މަހިބަދޫ ރެޑްރޯސް، އަބްދުﷲ ޝާފިއުގެ މައްޗަށް ނެރެފައިވާ ބަންދު އަމުރުތަކުގައި ވަނީ، ފުލުހުން މި ދެ މީހުން ހައްޔަރުކުރީ ހުޅުމާލޭ ހާފްވޭ ހައުސް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުގެ ހާލަތުގައި ތިބި ކަމަށް ޝައްކުވެގެން ކަމަށެވެ.

އެގޮތުން، އެންޑީއޭއިން އެމައްސަލަ ފުލުހުންނަށް ހުށައެޅުމުން ފުލުހުން ހާފްވޭހައުސް އަށް ދިޔައިރު އެމީހުނަށް ރަނގަޅަށް އިށީނދެގެން ނުތިބެވޭ ކަމަށާއި، އިށީނދެ ތިބޭއިރު ވެއްޓޭ ކަމަށް ފުލުހުންނާއި ޙަވާލާދީ ކޯޓު އަމުރުގައިވެއެވެ.

އެހެންކަމުން އެ ދެމީހުން ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިކުލީލް ޕޮޒިޓިވް ވެފައިވަނީ އޯޕީއައި، ބެންޒޯ އަށެވެ. އަދި ޝާފިއު ޕްޒިޓިވް ވެފައިވަނީ އޯޕީއައި އަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ދެމީހުންގެ ތެރެއިން މިހާތަނަށް 27 ފަހަރަކު ހައްޔަރުކޮށްފައިވާ އިކުލީލް ކޯޓުގައި ބުނީ އޭނާ އަކީ ސައިކޭޓްރިސްޓް ބޭސް ކާ މީހެއް ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުން ނުކުރާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ހަމައެއާއެކު، މިހާތަނަށް 42 ފަހަރު ހައްޔަރުކޮށްފައިވާ ޝާފިއުވެސް ކޯޓުގައި ބުނީ އޭނާއަކީ ކޮންޓްރޯލްޑް ޑްރަގްސް ބޭނުންކުރާ މީހެއް ކަމަށާއި އެކަމުގެ ލިޔުން ވެސް އޮންނާނެ ކަމަށެވެ. އަދި ޑްރަގަށް ޕޮޒިޓިވީ ބޭހުގެ ސަބަބުން ކަމަށް ވެދާނެކަމަށް އޭނާ ބުނެފައިވެއެވެ.

މިމައްސަލާގައި ކްރިމިނަލް ކޯޓުގެ ޤާޟީ ހުސައިން ފާއިޒު ރަޝާދު އަމުރުކުރަށްވާފައިވަނީ، މި ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން