ރާއްޖެއިން ނޭޕާލަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައިޝަތު އަޒީމާ އައްޔަނުކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި މަގާމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
އާއިޝަތު އަޒީމާއަކީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަޒީމާ އައްޔަނުކުރީ އޮކްޓޫބަރު 28، 2024 ގައެވެ.
އަޒީމާ މީގެކުރިން ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު 2019 އިން 2023 އަށް އަދާކުރަށްވާފައެވެ. އަދި އޭނާ ވަނީ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ފަސްޓު ސެކްރެޓަރީގެ މަގާމާއި އެ ކޮމިޝަނުގެ މިނިސްޓާ ކައުންސެލާގެ މަގާމުވެސް ފުރުއްވާފައެވެ.
ފޮރިން ސާވިސް ގާނޫނު ބުނާގޮތުން، ސަފީރުކަމުގެ މަގާމުގައި ބޭފުޅަކަށް ހުންނެވޭނީ ތިން އަހަރުގެ މުއްދަތަށެވެ.

ކިޔުންތެރިންގެ ހިޔާލު