ޣައްޒާއަށް ކަނޑުމަގުން ދިޔަ އެކްޓިވިސްޓުން ޖެއްސީ ޕޮލިޓިކަލް ސްޓަންޓެއްކަމަށް ފްރާންސްގެ ބޮޑުވަޒީރު ފްރާންސުއަރ ބައިރޫ ވިދާޅުވެއްޖެއެވެ.
ފްރާންސްގެ ބޮޑުވަޒީރު ފްރާންސުއަރ ބައިރޫ މިހެން ވިދާޅުވެފައިވަނީ، އެހީގެ ތަކެއްޗާއެކު، މޫސުމާ ބެހޭ އެކްޓިވިސްޓް ގްރެޓާ ތަންބަރގް އަދި އިތުރު 11 މީހަކު ޣައްޒާއަށް ދަތުރުކުރި މެޑްލީން ނަމަކަށް ކިޔާ އެހީގެ ކަނޑު އުޅަނދުގައި ތިބި އެކްޓިވިސްޓުން އިސްރާޢީލުގެ ބެލުމުގެ ގެނައި ހަބަރާއެކުއެވެ. މި ބޯޓުން ދަތުރުކުރި އެކްޓިވިސްޓުންގެ ތެރޭގައި ފްރާންސްގެ 4 މީހަކު ހިމެނޭކަމަށް ވެއެވެ.
ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން ހައްޔަރުކޮށްފައިވާ ފްރާންސްގެ ރައްޔިތުންގެ ތެރޭގައި ފްރާންސްގެ ލެފްޓް-ވިންގ އެލްއެފްއައި ޕާޓީގެ މެމްބަރު އަދި ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރު ރީމާ ހަސަން ވެސް ހިމެނެއެވެ.
އިސްރާއީލުގެ ސިފައިން ވަނީ މެޑެލީން ބޯޓު ކަނޑުމަތިން ހުއްޓުވުމަށްފަހު ހޯމަ ދުވަހުގެ ވަގުތެއްގައި އިސްރާއީލުގެ ބެލުމުގެ ދަށުން މެޑެލީން ބޯޓު އަޝްޑޯޑް ބަނދަރަށް ގާތްކޮށްފައެވެ. މި ބޯޓު ބަނދަރުކުރިކަން ހާމަކޮށް އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ ބޯޓުގައި ތިބި އެކްޓިވިސްޓުންގެ ސިއްހީ ޗެކްތައް ހެދުމަށްފަހު، އެމީހުން ފޮނުވާލާނެ ކަމަށް ބުނެފަވެ.
އެގޮތުން ފްރާންސްގެ ފޮރިން މިނިސްޓަރު ވިދާޅުވީ މެޑެލިން ބޯޓުން ދަތުރުކުރި އިސްރާއީލުން ހައްޔަރުކޮށްފައިވާ ފްރާންސްގެ އެކްޓިވިސްޓުން މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އިސްރާއީލުން ޑީޕޯޓް ކުރާނެކަމަށެވެ.
މިކަމާ ގުޅިގެން ފްރާންސްގެ ގައުމީ މަޖިލީހުގައި އެލްއެފްއައިގެ ޕާލަމެންޓްރީ ލީޑަރު މަތިލްޑޭ ޕެނޮޓް ވަނީ އިސްރާއީލުގެ އަމަލުތައް ފްރާންސް ސަރުކާރުން ކުށްވެރި ނުކުރާ ކަމަށް ތުހުމަތުކޮށް ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. ރައްދުގައި ފްރާންސްގެ ބޮޑުވަޒީރު ފްރާންސުއަރ ބައިރޫ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ކުރިއެރުންތަކެއް ލިބެން އޮތީ މާނަފުން އަމަލުތަކެއް އިސްކޮށް، ޑިޕްލޮމެސީ އަދި ބައިނަލްއަގުވާމީ ޕްރެޝަރުގެ ތެރެއިންކަމަށެވެ.
ފްރާންސްގެ ބޮޑުވަޒީރު ވަނީ ޣައްޒާ ހަނގުރާމަ އާއި ގުޅިގެން ފްރާންސްގެ ކުރީގެވެސް އޮތް ވިސްނުން ދިފާއުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ހަމާސްއިން ހިފަހައްޓާފައިވާ ރަހީނުން ދޫކޮށްލުމަށާއި، ހުރަހެއްނެތި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލާފައެވެ. މީގެއިތުރުން އިސްރާއީލުން ބަންދުކޮށްފައި ތިބި ފްރާންސްގެ ހުރިހާ ރައްޔިތުންނަށް ފްރާންސްގެ ކޮންސުލް ޒިޔާރަތްކޮށްފައިވާ ކަމަށާއި އެމީހުން އަވަހަށް އެނބުރި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު