ބަންގްލަދޭޝްގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްފަހު ވެރިކަމުގައި ހުރުމުގެ ވިސްނުމެއް ނެތްކަމަށް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އެންމެ އިސްވެރިޔާ، މުހައްމަދު ޔޫނުސް ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ 2626 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. މިއީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވެރިކަމުން ދުރުކުރުމަށްފަހު ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބެވެ.
މި އިންތިހާބާއި، ވެރިކަމާ ބެހޭގޮތުން ލަންޑަނުގައި ހުންނަވާ ނޫސްވެރިންނާ މުހާތަބުކުރައްވަމުން ޔޫނުސް ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ވެރިކަމުގެ އެއްވެސް މަގާމެއްގައި ހުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާކަމަށެވެ. އަދި އެމަނިކުފާނުގެ ކެބިނެޓުގެ އެއްވެސް ބޭފުޅަކުވެސް ވެރިކަން އަދި ސިޔާސީ އެއްވެސް މަގާމެއްގައި ހުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށްވެސް ޔޫނުސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކީ ޓްރާންސިޝަން ރަނގަޅަށް މެނޭޖް ކުރެވޭތޯ ބެލުން،" އުމުރުން 84 އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ހާސިލް ކުރައްވާފައިވާ ޔޫނުސް ވިދާޅުވި އެވެ. "އިންތިހާބު ގޯސްވެއްޖެ ނަމަ ދެން ދުވަހަކުވެސް މިކަމެއް ހައްލެއް ނުވާނެ."
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. ޝެއިހް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ ކޮލެޖާއި ޔުނިވަރސިޓީތަކުގައި ކިޔަވަމުންދިޔަ ދަރިވަރުންނާއި ޒުވާނުންނެވެ. ޝެއިހް ހަސީނާގެ ސަރުކާރު ވައްޓާލުމަށްފަހު، ބަންގްލަދޭޝްގެ ސިޔާސީ ހަލަބޮލިކަން މައިތިރިކޮށް، ގައުމު ހަމައަކަށް އަޅުވައި، ޑިމޮކްރެޓިކް ހަމަތަކުގެ ދަށުން ރިޔާސީ އިންތިހާބަކަށް ތައްޔާރުވުމުގެ ޒިންމާތައް ހަވާލުކޮށްފައިވަނީ މިހާރު ބަންގްލަދޭޝް ގެ ވަގުތީ ސަރުކާރުގެ އެންމެ އިސްވެރިޔާ، މުހައްމަދު ޔޫނުސް އަށެވެ.

ކިޔުންތެރިންގެ ހިޔާލު