އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމު ކޮށްފައިވާ ކެތްލެބްގެ ޙިދުމަތް 5 އަހަރުގެ މުއްދަތަށް މެނޭޖްކޮށް، އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
ދަޢުލަތުގެ މާލީ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކޮށްފައިފާ ކެތުލެބްގެ ޚިދުމަތް 5 އަހަރުގެ މުއްދަތަށް މެނޭޖުކޮށް، އޮޕަރޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެގޮތުން އެއިދާރާއިން ވަނީ، އެ މަސައްކަތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާފައެވެ.
މާލީ ވުޒާރާއިން ބުނީ، އެކަމާގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް މާލީ ވުޒާރާގެ ވެބްސައިޓުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.
“މި ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެކެވެ. މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.” މާލީ ވުޒާރާގެ އިއުލާނުގައިވެއެވެ.
ހަމައެއާއެކު މާލީ ވުޒާރާއިން ބުނީ، މިކަމާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 18 ޖޫން 2025ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ކަމަށެވެ.
އަދި ޝަތުރު ހަމަވާ ފަރާތްތަކުން 29 ޖޫން 2025 ވާ އާދިއްތަ ދުވަހު 14:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް އީއޯއީ ހުށައަޅާނީ މާލީ ވުޒާރާއަށް ކަމަށްވެސް އިޢުލާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު