އީރާންގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ކަމަށްބުނެ އިޒްރޭލުން ދެމުން ގެންދާ ހަމާލަތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރި ކުރަށްވައިފިއެވެ.
އީރާނުގެ ނިއުކްލިއާ ސެންޓަރުތަކަށް އަމާޒުކޮށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ ރޭ ފަތިހުއެވެ. ރިޕޯޓްތައް ބުނާގޮތުން އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ދެފަހަރެއްގެ މަތީން އިޒްރޭލުން ހަމަލާދީފައިވާއިރު އިރާނުގެ ވެރިރަށް ތެހެރާނަށްވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. އަދި މީގެ އިރުކޮޅެއް ކުރިން އީރާނުގެ އެއާޕޯޓަކަށް ވެސް އިޒްރޭލުން ވަނީ ހަމަލާދީފައެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، އީރާނަށް އިޒްރޭލުން ދިން ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް ނުރައްކާވެދާނެ ކަންތައްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުން އިތުރުވެގެން ދިއުން ހުއްޓުވުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އިޒްރޭލުން އީރާނަށް ރޭ ދިން ހަމަލާތަކުގައި އީރާން ރިވޮލިއުޝަނަރީ ގާޑްސްގެ އިސްވެރިޔާ ހުސައިން ސަލާމީ އާއި، ހަތިޔާރު އެޅި ސިފައިންގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަޣްރީ ޝަހީދުވެފައިވާކަމަށް އީރާނުގެ ދައުލަތުގެ މީޑިޔާ އިން ވަނީ ބުނެފައެވެ.
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން މިހާތަނަށް ވަނީ 100 އަށް ވުރެ ގިނަ ޑްރޯން ހަމަލާ އިޒްރޭލަށް ފޮނުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު