ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރަން އެންމެ ޒަމާނީ ޓެސްޓުތައް ރާއްޖޭގައި ކުރަން ފެށުމަށް ނިންމައިފި އެވެ.
ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާއި ގުޅިގެން ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ލޭ ހަދިޔާ ކުރުމާއި ލޭ އެޅުމުގެ ފަރުވާގެ ނިޒާމް ހަރުދަނާކޮށް، ލޭ ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ލޭ ލިބޭނެ ނިޒާމެއް ހަރުދަނާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
އަދި ހަދިޔާ ކުރާ ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެ ފަހުގެ ޓެސްޓިން މެތަޑް ބޭނުންކުރަން ފެށުމަށް ނިންމާފައިވާކަން މިނިސްޓަރު ހާމަ ކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރާ ފަރާތްތައް ކަނޑައެޅުމަށް ޑޯނާސް ކަލެކްޝަން ކްރައިޓީރިއާ އެންޑޯސްކޮށް ތަންފީޒުކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ލޭ އެޅުމުގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ދެމުންދާ ހިދުމަތްތަކުގެ ތަފާސްހިސާބްތައް ޑިޖިޓަލައިޒްކޮށް ބަލަހައްޓަން ފަށައިފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު