ޓީވީ ޗެނަލްގެ ސްކްރީން ޝޮޓެއް—
ޓީވީ ޗެނަލްގެ ސްކްރީން ޝޮޓެއް—
އިރާންގެ ދައުލަތުގެ ޓީވީ ޗެނަލް، އިސްލާމިކް ރިޕަބްލިކް އޮފް އިރާން ބްރޯޑްކާސްޓިން (އައިއާރްއައިބީ) ޓީވީ ޗެނެލްގެ ލައިވް ބްރޯޑްކާސްޓިން ކުރިއަށް ދަނިކޮށް އެ ޗެނެލް ހިންގާ އިމާރާތަށް އިޒްރޭލުން ހަމަލާދީފިއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި ލައިވް ބްރޯޑްކާސްޓު ކުރިއަށް ދަނިކޮށް އިޒްރޭލުން ހަމަލާދިން ވަގުތު، އެ ޓީވީގެ ސްޓޫޑިއޯގެ ސީލިންގެ ބައިތައް ފައިބައިގަންނަ މަންޒަރު ވެސް ލައިވް ފީޑުގައި ފެނެއެވެ. އެވަގުތު ލައިވް ހޯސްޓު ކުރަމުން ދިޔައީ އިރާންގެ މަޝްހޫރު ޕްރެޒެންޓަރު، ސަހަރު އެނާމީއެވެ.

އެ އިމާރާތަށް ހަމަލާދިނުމުން އެނާމީ އިން ގޮނޑިން ތެދުވެ ދުއްވައިގަނެއެވެ.

އެތަން ހިންގާ އިމާރާތަކީ ހަތަރުބުރީގެ އިމާރާތެކެވެ. އެ އިމާރާތުގައި ގާތްގަނޑަކަށް 300 އެއްހާ މުވައްޒަފުން މަސައްކަތް ކުރާއިރު މި ހަމަލާއާއި ގުޅިގެން އޭގެ ތެރެއިން ގެއްލުންވީ ކިހާ މީހުންނަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އިމާރާތަށް ހަމަލާދިންއިރު އެ ޓީވީން ދައްކަމުން ދިޔައީ ވެސް އިރާނަށް ދެމުންދާ ހަމަލާތަކުގެ ވާހަކަތެކެވެ.

އައިއާރްއައިބީ ހިންގާ އިމާރާތައް ހަމަލާ ދިން ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވަނީ ސޯޝަލް މީޑިއާގައި އިއުތިރާފުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން